ads
ޔާމީން ޝަރީއަތުގައި
ޔާމީންގެ ފުއްފިރި މައްސަލަ މިއަދުވެސް ކެންސަލް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުންވެސް ފަހު ވަގުތު ކެންސަލްކޮށްފި އެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އީދު ބަންދުގެ ކުރިން މި މައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލު ކުރި ދެ އަޑު އެހުންވެސް ކެންސަލް ކުރީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. 

ހެކިބަސް ނެގުމުގެ މަރުހަލާ ފެށިފައިވާއިރު، މިއަދުގެ އަޑު އެހުން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރަށެވެ. 

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެ އެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތަށް، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރު ޝަރީއަތުގައި މިހާރުވަނީ ނަގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް