ads
ބިލެތްފަހި، ތުޅާދޫ އަދި ވިލުުފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
654 މިލިއަން ރުފިޔާއަށް 3 ރަށެއްގައި އެއާޕޯޓު އަޅަން ބިން ހިއްކުމަށް ހަވާލުކޮށްފި
ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުުފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

އެ ތިން ރަށުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކެޕިޓަލް މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުން
  • ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކުން
  • ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުން

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ކެޕިޓަލް މެރިން އާ ހަވާލުކޮށްފައިވަނީ 42.45 މިލިއަން ޑޮލަރު (654.59 މިލިއަން ރުފިޔާ) އަށް 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

ބިލެތްފަހި، ތުޅާދޫ އަދި ވިލުުފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކުރެވުނު އިރު، އެ ތިން ރަށުގެ އިތުރުން ހދ. މަކުނުދޫ، ރ. ބެރިއަންފަރު އަދި ފ. މަގޫދޫގައި ރީޖަނަލް އެއާޕޯޓް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އަމަލީ މަސައްކަތް ކުރަމުންދަނީ މަގޫދޫ އެއާޕޯޓުގެ އެކަންޏެވެ. މަކުނުދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ މިދިޔަ މަހުގެ ތެރޭގަައި ވަނީ ހަވާލުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް