އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތާ އެކު އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިލްވަ ޕާޓްނަރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ޑިޖިޓަލް ޕާޓްނަރު އުރީދޫ މޯލްޑިވްސްއިންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާނެވެ. ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް އެންޑް މާކެޓިން މެނޭޖަރު ފާތިމަތު ޖުމާނެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް އޮފިސަ އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ.
އެ ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި ރޯޑް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ވިންގުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
'ރައްކާ ކެމްޕެއިން' ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.