ads
މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތާ އެކު ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ދާނެ - ފޮޓޯ:އަޔާދީ ތަކަފުލް
ލިވިން އެކްސްޕޯގައި އެލައިޑުގެ ހިދުމަތްތަކުގެ މައުލޫމާތާއި ލަކީ ޑްރޯއެއް
މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތާ އެކު ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ދާނެ ކަމަށް އެލައިޑުން ބުނެފިއެވެ.
Advertisement

އެލައިޑުން ބުނީ މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގައި "ހިޔާވަހި ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކުގެ އިތުރުން އެލައިޑުން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

"ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކާ އެކު ގޭގައި ހުންނަ ފަރުނީޗަރާއި ހިފާގެންގުޅޭ އަގުހުރި ސާމާނު ރައްކާތެރިކުރުމަށާއި އަލިފާން ރޯވުން ފަދަ ހާދިސާތަކުން ސަލާމަތްކޮށް އިންޝުއާ ކުރެވޭނެ ކަމަށް އެލައިޑުން ބުނެއެވެ. އެލައިޑުން ބުނެފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން މި ޕްލޭންތައް ނެގޭނެ ކަމަށެވެ.

އެލައިޑުގެ ސްޓޯލްތައް ހުންނާނީ މި އެކްސްޕޯގެ 23 އަދި 24 ވަނަ ސްޓޯލްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެލައިޑުން ބުނި ގޮތުގައި ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށް އެ ކުންފުނީގެ މޯބައިލް އެޕް ޑައުންލޯޑު ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށާއި އެ ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް އަލިފާން ނިވިއެއް ނުވަތަ އަލިފާނުގެ ހާދިސާގައި ބޭނުންކުރެވޭނެ ރަޖަލެއް ހަދިޔާކުރާނެ ކަމުގައެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަން ފަށާފައިވަނީ އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 11:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް