ads
މުބާރާތް ބެލުމަށް ދަނޑަށް ވަބް ސަޕޯޓަރުން
އަންހެނުންގެ ވޯލްޑް ކަޕަށް ރެކޯޑު އަދަދެއްގެ ސަޕޯޓަރުން
މިއަހަރު ބޭއްވި އަންހެނުންގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވަދެފައިވާކަން ފީފާއިން ހާމަކޮށްފިއެވެ.

ފީފާއިން ބުނި ގޮތުގައި މިފަހަރުގެ މުބާރާތް ބެލުމަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ސަޕޯޓަރުން ދަނޑަށް ވަނެވެ. މިއީ މީގެ ކުރިން އޮތް ރެކޯޑާއި އަޅާ ބަލާއިރު ހަ ލައްކައިގެ ކުރިއެރުމެކެވެ. 

މިފަހަރުގެ މުބާރާތް ބާއްވާފައިވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިއާގައެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް 1,978,274 ސަޕޯޓަެރުން ވަނީ ދަނޑަށް ވަދެފައެވެ. ސްޕެއިނުން ކާމިޔާބުކުރި މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް އެކަނިވެސް 75,784 ސަޕޯޓަރުން ދަނޑަށް ވަނެވެ. 

އެންމެ ފަހުން 2019 ވަނަ އަހަރު އޮތް މުބާރާތް ބެލުމަށް ސްޓޭޑިއަމްއަށް ވަދެފައިވަނީ 1,131,312 ސަޕޯޓަރުންނެވެ. މީގެ ކުރިން އަންހެނުންގެ ވޯލްޑް ކަޕް މުބާރާތް ބެލުމަށް އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ބެލުމަށް 1,353,506 ސަޕޯޓަރުން ދަނޑަށް ވަނެވެ. 

މިފަހަރުގެ މުބާރާތަށް ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ޓިކެޓު ވިއްކުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް