ads
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި
ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށެވެ. ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަަށާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، 32،821 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ހެދުމާއި 11،736 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި 16،950 މީޓަރުގެ ކަބްސްޓޯން ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި މަގުމަތީ ސައިން ބޯޑު ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި 2،568 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

your imageހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް