ރައީސް މިގޮތަށް ވިދާޅުވީ ލ ހިތަދޫގައި ބޭއްވި ކެމްޕޭމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި އެއްފަޅެއްގެ ތެރޭގައި ހިމެނޭ ރަށްތައް ކޯޒްވޭއަކުން ގުޅާލުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށެވެ. އެގޮތުން ހިތަދޫއާ ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަަށް 2018 ގައި ވައުދުވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތް ތަފާތު ސަބަބުތަކާ ހެދި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކޮންޓްރެކްޓް ކުރެވި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެމްޓީސީސީން ހިތަދޫ - ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް ހިތަދޫގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ހިތަދޫގެ ވައުދުތައް؛
1. ހިތަދޫއާ ކުނަހަންދޫ ފަޅުތެރޭ އެއާޕޯޓެއް ތަރައްގީކުރުން
2. ފުޓްބޯޅަ ދަނޑުގައި ޓާފުއެޅުން
3. ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް ތަރައްގީކުރުން
4. ބޮޑެތި މަގުތަކުގައި ތާރުއަޅައި ތަރައްގީކުރުން
5. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަސީލަތްތައް ގާއިމުކުރުން