
ފަންނާނުންއާއު ރައީސް ސޯލިހު
ގިނައަދަދެއްގެ ފަންނާނުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި
އައިޝަތު ނޫރާ
28 ސެޕްޓެމްބަރ 2023 - 17:21:18
ދިވެހިރާއްޖޭގެ ގިނައަދަދެއްގެ ފަންނާނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފިއެވެ.
މިގޮތުން މައަދު 36 ފަންނާނުންނާއެކު ރައީސް ސޯލު ނަންގަވާފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގަ އާންމުކޮށްފައެވެ.
އޭގެތެރޭގަ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު، ފިލްމީތަރި ނަތާޝާ ޖަލީލް، ލަވަކިއުންތެރިއާ އުނޫޝާ، ފިލްމީތަރި އައްޒަ، ޑައިރެކްޓަރު އަމްޖަދު ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
އިޔަސީ އިންތިހާބު ފަށަން ދެ ދުވަހަށް ވެފައިވާއިރު، ރައީސް ސޯލިހާއި އެމްޑީޕީން އަންނަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އިތުރު ވޯޓު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމްޑީޕީއާގުޅި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައެވެ.
81%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް