ads
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލައިޑުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކޭކު ހަދިޔާކުރުން - ފޮޓޯ:އެލައިޑް
އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލުތަކަށް
އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލައިޑުން ވަނީ މާލެ ސަރަހައްދުގެ 37 ސްކޫލަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ކޭކު ހަދިޔާކޮށްފައެވެ.

your imageޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލައިޑުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކޭކު ހަދިޔާކުރުން - ފޮޓޯ:އެލައިޑް

ޓީޗަރުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތެއް ސްކޫލުތަކުގައި ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުން ކުރަމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް އެލައިޑުން ބުނެއެވެ. އެލައިޑުން ބުނެފައިވަނީ ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށެވެ.

ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ ދުވަހު އެ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް އެލައިޑުން ބުނެއެވެ.

your imageޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލައިޑުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކޭކު ހަދިޔާކުރުން - ފޮޓޯ:އެލައިޑް

އެލައިޑަކީ އިޖުތިމާއީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން ބޮޑު ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް