ads
ސާޓާގައި ލީޑިން ބީޗް ޑެސްޓިނޭޝަނާ އެކު އިތުރު 31 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައި - ފޮޓޯ:ހައިރައިޒް
ސާޓާ އެވޯޑުގައި ލީޑިން ބީޗް ޑެސްޓިނޭޝަނާ އެކު އިތުރު 31 އެވޯޑެއް ރާއްޖެއަށް
މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ގައި ލީޑިން ބީޗް ޑެސްޓިނޭޝަނާ އެކު އިތުރު 31 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.

މި އަހަރުގެ ސާޓާ އެވޯޑް ހަފުލާ ބާއްވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓަލުގައެވެ.

ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބާއްވަމުން އަންނަތާ ހަތްވަނަ އަހަރެވެ.

ސާޓާ އެވޯޑުގެ ގިނަ އެވޯޑުތަކެއް ރާއްޖެއިން އަންނަނީ ކޮންމެ އަހަރަކުވެސް ހޯދަމުންނެވެ. މި އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން ވަނީ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައެވެ. އާންމުންގެ ހިޔާލަށް ބަލައިގެން ދެމުން އަންނަ ވިޒިޓާސް ޗޮއިސް އެވޯޑްސްއިން ރާއްޖެއަށް ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވާއިރު، ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލުކޮށްފައެވެ. އޭގެތެރޭގައި 14 ގޯލްޑް އެވޯޑާއި 17 ސިލްވަ އެވޯޑު ހިމެނެއެވެ.

މި ހަފުލާގައި ވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްފައިވާ ހަތަރު ފަރާތަކަށް "ފޭސަސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި އެވޯޑު ދީފައެވެ. އޭގެތެރޭގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރެއްވި ބާނީއެއް ކަމަށްވާ އެމްޔޫ އުމަރު މަނިކު އަދި ހޮޓެލްސް އެންޑް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ހިމެނިވަޑައިގަންނަވައެވެ.

މި އަހަރުގެ ސާޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސައުތު އޭޝިއާގެ ފަސް ގައުމު ކަމަށްވާ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއިން ވާދަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް