ads
ގެއްލިގެން ހޯދަމުން އަންނަ އަބްދު ﷲ އިބްރާހިމް: ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ހަބަރެއް ނުވޭ.
ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ލަނދޫގެ އަބްދުﷲ އިބްރާހިމްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް އެރަށު މީހުންނާއި ފުލުހުން އަންނަނީ އަދިވެސް ކުރަމުންނެވެ. 

މައުލޫމާތު ލިބޭ ގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު ގެއިން ނިކުމެގެން ދިޔަފަހުން އޭނާގެ ހަބަރެއް ނުވެ، ވީނުވީ ތަނެއް ވަނީ ނޭނގިފައެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 

އަބްދުﷲ އިބްރާހިމް އާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9904977 އަށް ނުވަތަ ކުޅުދުއްފުށި ސިޓީ ޕޮލިސް 9791382 އަށް ގުޅުމަށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް