ads
އާދަމް ޒާލިފް
ކުރީގެ އެމްޕީ އިލްހާމްގެ ކޮއްކޮ ސިވިލް ކޯޓު ފަނޑިޔާރުކަމަށް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދުގެ ކޮއްކޮ، އާދަމް ޒާލިފް، ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް ކޮށްފައިވާ ޒާލިފަށް ސިވިލް ކޯޓުގެ ފަނޑިޔާރުކަން ދޭން ޖޭއެސްސީން ނިންމީ، އެ މަގާމަށް ކުރިމަތިލީ 15 މީހުންގެ ތެރެއިންނެވެ. ޒާލިފްއަކީ، ޔާމިންގެ ވެރިކަމުގައި ސިޔާސީ މަގާމެއްވެސް ފުރުއްވި ބޭފުޅެކެވެ. އެއީ، އޭރުގެ ހެލްތު މިނިސްޓްރީގެ ނައިބު ކަމުގެ މަގާމެވެ. 

ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ސަރުކާރުގެ މަގާމުތައް ޒާލިފް ފުރުއްވި ނަމަވެސް ފަހުން އޭނާވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާފައެވެ. ޒާލިފްގެ ބޭބެ އިލްހާމް އަހުމަދާއެކު ޒާލިފްވެސް އޭރު ހައްޔަރުވެސް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދުގެ ކޮއްކޮ އާދަމް ޒާލިފް ހައްޔަރުކޮށް ސުވާލުކޮށްފައިވަނީ ހެކި ނައްތާލުމުގެ ތުހުމަތުގައެވެ. ހެކި ނައްތާލުމުގެ ތުހުމަތު ފުލުހުން ޒާލިފްގެ މައްޗަށް އޭރު ކުރީ ޒާލިފްގެ ބޭބެ އިލްހާމް އަހްމަދު ގެންގުޅުއްވާ މޯބައިލް ފޯނެއް ފުލުހުންނަށް ފެނިފައިވާތީ ނުވާތީ ކަމަށް އޭރުގެ ރިޕޯޓްތައް ބުނެއެވެ. 

ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ނިންމިކަން ޖޭއެސްސީން އަދި ހާމަކޮށްފައެއް ނުވެއެވެ. ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ، އެ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި ނިމާލް، ކުއްލި ގޮތަކަށް ނިޔާވުމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް