އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707" މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ މި ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ދޮށިމޭނާ" އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުން އޯކިޑު 707 ބިންދައިގެން ގޮސް ދެފަޅިވެފައި ވަނީ ވިއްސާރަވެ، ކަނޑުގަދަވުމާ ގުޅިގެންނެވެ.