ads
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު: އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ރައީސް އޮފީސް
އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ވަގުތުން ބިލުގެ %10 އަނބުރާ ވޮލެޓަށް
އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
Advertisement

އުރީދޫ މޯލްޑިވްސްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕަލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލުގެ 10 އިންސައްތަ އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ. މި ޕްރޮމޯޝަނަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެ އެވެ. 

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ފިހާރަ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބާރާއި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ އެވެ. އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަން ވަނީ އެމް-ފައިސާއިން ފަހިކޮށްދީފަ އެވެ. ހަމަ އެ އާއެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެ އެވެ.

އެމް-ފައިސާއަށް ރެޖިސްޓަ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަ ވެވޭނެ އެވެ.

  • އުރީދޫ އެޕް ޑައުންލޯޑްކޮށްލާ: http://ore.do/app
  • އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލާ
  • އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލުތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖަހާލާ
  • މޮބައިލް ނަންބަރު ޖެހުމަށްފަހު 4 ޑިޖިޓްގެ ޕިންއެއް ސެޓްކޮށްލާ
  • މޮބައިލް ނަންބަރާއި 4 ޑިޖިޓްގެ ޕިން ޖަހާލާ
  • ފޯނަށް ލިބޭ އޯޓީޕީ ޖެހުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަކޮށްލާ

އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ބޭނުން ކުރެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް