ގައުމީ ބާސްކެޓްބޯޅަ ލީގުގައި މި އަހަރު ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަންސް ސްޕޯޓްސް ކުލަބު، ހުޅުމާލެ ސްޕޯޓްސް ކުލަބު، ޑަބްލިއު ސްޕޯޓްސް އެކަޑެމީ، އެލްކިއު ސްޕޯޓްސް ކުލަބު، ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު، ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބު އަދި ޓަލޮންސް ބާސްކެޓްބޯޅަ ކުލަބެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ލީގު އުސޫލުން ހުރިހާ ޓީމެއް ކުޅުމަށް ފަހު ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ތިން ޓީމެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން މެޗުތައް ކުޅުމަށްފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަަކަށެވެ.