ads
އެލައިޑް އިންޝުއަރެންސް، ކަސްޓަމަރުންނަށް ސާޕްލަސް އަށް އެދުމަށް ވަނީ ހުޅުވާލައިފަ
އަޔާދީ ތަކާފުލްގެ ކަސްޓަމަރުން ސާ ޕްލަސްއަށް އެދުމަށް ހުޅުވާލައިފި
އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން 2021 ވަނަ އަހަރުގެ ސާ ޕްލަސް ލިބުމަށް ޝަރުތު ފުރިހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވައިލައިފި އެވެ.
Advertisement

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރުގެ ސާ ޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާފައިވަނީ ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށް ފަހު އެވެ.

އަޔާދީ ތަކާފުލް އިން ފޯރު ކޮއްދޭ ޖެނެރަލް ތަކާފުލް ބިނާވެގެން ވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށެވެ. މި މޮޑެލްގައި ބައިވެރިވާ ފަރާތްތަކުން ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ކޮންޓްރިބިއުޝަން  އެއް ދައްކަން ޖެހެ އެވެ. އަދި މި ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށް ފަހުގަ އެވެ. އެ ފައިސާއިން ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ބެހެއްޓިފައި ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓާ" ފަންޑު ކުރެވިފައެވެ. 

އެ ފަންޑުގައިވާ ފައިސާ ހޭދަކުރެވިގެންދާނީ އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދު ތަކަށެވެ. އަދި މީގެ އިތުރުން އަޔާދީ ތަކާފުލް ބައިވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ދެވިގެންދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިންނެވެ. 

ސާ ޕްލަސްއަކީ އަޔާދީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކުރުމަށް ފަހު ގާއިމްކުރާ "ބައިވެރިންގެ ފަންޑު" އިން ތަކާފުލްއާއި ގުޅޭ ހަރަދުތައް އުނި ކުރުމަށްފަހު ބާކީ ފައިސާ ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކުރުމަށް ފަހު އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. 

އާންމު ގޮތެއްގައި ސާ ޕްލަސް ލިބުމުގެ ޝަރުތު ހަމަވާނީ ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު ކަމަށް ވާ 2021 ވަނަ އަހަރުގައި ބަދަލަކަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ. 

އެ ކުންފުނިން ބުނެފައި ވަނީ ސާޕްލަސްގެ ގޮތުގައި ކަނޑައަޅާ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ހިއްސާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށްކަމަށެވެ.

ސާޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ހިއްސާކޮށްފައިވާ އެކައުންޓް ނަންބަރު ބަދަލުކުރަން ބޭނުންވާނަމަ މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މައުލޫމާތުތައް ބަދަލުކުރެއްވޭނެ އެވެ.

ސާޕްލަސް އަށް އެދުމުގެ ސުންގަނޑި އަކީ އަންނަ ޖެނުއަރީ މަހު 21 ވާ އާދިއްތަ ދުވަހުގެ 16:00 އަށެވެ. ސާޕްލަސް އަށް ހުށައެޅުމުގެ ފޯމު އަޔާދީ ތަކާފުލްގެ ވެބްސައިޓް އިންނާ ކަސްޓަމާ ފުރަންޓު އޮފީހުން ފޯމު ލިބެން ހުންނާނަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް