ads
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޕޮއިންޓް ދިން ގޮތް ގޯސް؛ އެކަން އަލުން ރިވިއު ކުރަން ޖެހޭ: އެމްޑީޕީގެ މެންބަރު ޝަހީމް
އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރި 4،000 ފްލެޓަށް ޕޮއިންޓް ދިނުން ދިޔައީ ދެފުށް ފެންނަ ގޮތަށް އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފްލެޓު ލިސްޓް ރިވިއުކުރަން ގޮވާލައިފި އެވެ.
Advertisement

ކުރީ ސަރުކާރުން މާލެއިން ދޫކޮށްލާފައިވާ ބިންތަކާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތު ސާފު ނުވާކަން ފާހަގަކުރައްވައި ފްލެޓާއި ގޯތީގެ ލިޔުން ހަވާލުކުރުން އަވަސްކުރަން ގޮވާލާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. 

އަނދުން ހުސައިން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި، ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫން ކަމަށެވެ.

"ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ގިނަ ސިޔާސަތުތަކަށް އެންމެ ބޮޑަށް ތައުރީފު ކުރެއްވި މެންބަރު ވިދާޅުވީ ރަށްރަށުގައި މާލެ ނައިސް ތިބި މީހުނަށް ވެސް ފްލެޓު ދީފައި އެބަހުރި ކަމަށެވެ. އެމްޑީޕީގެ ދިފާއުގައި ވަކާލާތު ކުރެއްވުމުގެ ބަދަލުގައި ހުސެއިން ވިދާޅުވީ އެ ފްލެޓުތަކަށް ޕޮއިންޓް ދިން ގޮތް ގޯސް ކަމަށާ އެކަން އަލުން ރިވިއު ކުރަން ޖެހޭ ކަމަށެވެ. 

އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ "އަޅުގަނޑުގެ ދާއިރާގެ ޖެހިގެން ހުރި ގެއަށް ލިބިފަ އަނެއް ގެއަށް ނުލިބުނީމަ އަޅުގަނޑު ދެނެއް ނުޖެހޭ ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް" .......

"މިކަމުން އަޅުގަނޑުމެންނަށް ސިފަވީ ތިމަންނަމެންނަށް ހުށަހެޅި ހުރިހާ އެޕްލިކޭޝަންގައި މައުލޫމާތުގެ ތެދު ދޮގު ބަލާނެ ވަގުތެއް ނެތޭ. ތިމަންމަމެނަކަށް ނުލިބުނޭ. ސަރުކާރެއް އަންނަނީ ފަސް އަހަރަށްވުރެ އެންމެ ދުވަހެއް ވެސް މަދަކުން ނޫން. އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ދިމާވި ގޮތަށް ދިމާނުވެ ފަސް އަހަރު ނިންމިއިރު ސަރުކާރުގެ ވަޒީރުންނަށް ނައިބު ވަޒީރުންނަށް މިކަން އޮންނަން ޖެހޭނީ އިންސާފުވެރިކޮށް. ހަމަ މީހަކު ޖަހާފަ ދިންހާ އެއްޗަކަށް ފްލެޓު ދޭނެ އުސޫލަކަށް ނޫން. ގޮސް ރަނގަޅަށް ބަލާފިއްޔާ އެ ހައްގުވާ ގިނަ ބަޔަކު ހިމެނުމުގެ ފުރުސަތު އެބައޮތް،" އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި، ހުސެއިން ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑު ކުރި މަސައްކަތުން ސާފުވީ ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ތެދުކަމާއި ދޮގުކަން ސާފުކުރަން ތިމަންނަމެންނަށް ވަގުތެއް ނެތޭ، އަޅުގަނޑު ދެންނެވިން ފަސް އަހަރު ރައްޔިތުން ދެއްވިއޭ، ފަސް އަހަރަށް ވުރެ ހަމަ އެންމެ ދުވަހެއް ވެސް ދައުރުގައި މަދެއް ނުވެއޭ،"

އަނދުން ހުސައިން އިތުރަށް ވިދާޅުވި ގޮތުގައި، ފްލެޓްތަކަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ސަރުކާރަށް ވަގުތު ނުލިބިގެން އުޅުނު ކަމެވެ. ނަމަވެސް، ރައްޔިތުން ވަނީ ފަސް އަހަރުގެ ފުރިހަމަ ދައުރެއް އެމްޑީޕީގެ ސަރުކާރަށް ދީފައި ކަމަށާއި އެހެންކަމުން އެކަމަށް ވަގުތު ނުލިބިގެން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމްޑީޕީގެ ސަރުކާރަކުން އޭނާ އުއްމީދު ކުރި ކަމެއް ނޫން ކަަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ލޯނު ނަގައިގެން ދެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުގެ ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން 4،000 ފްލެޓެވެ. މި ލިސްޓުން 13،000 މީހުން ޝޯޓް ލިސްޓުކޮށް މީގެތެރޭން ޕޮއިޓްދޭ އުސޫލުން ފްލެޓު ލިބޭނެ މީހުން ކަނޑައެޅީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ގެއްލުނު ފަހުންނެވެ.  

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން ވަނީ އަންގާފަ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. އެގޮތުން ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުން ކުރިއަށް ދަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓާލުމަށް އަންގާފަ އެވެ.

ހައުސިން މިނިސްޓަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދޫކޮށްފައިވާ ރަޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައިވެ އެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް