މަރުވީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
މަރުވީ މީހާ އަކީ މާފަރުގައި ލޭންޑިންގް ކްރާފްޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.
އޭނާ މަރުވީ ލޭންޑިންގް ކްރާފްޓްގެ ވަލެއް ނެއްޓުމަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެންނެވެ.
ޑޮކްޓަރުންނާ ހާވާލާދީ ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި މީހާ ފަރުވާދިނުމަށް މާފާރުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.