ފުލުހުން ބުނީ މިރޭ 19:29 ހާއިރު ރޯޝަނީ ގޯޅީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެެއް ވެއްޓި މީހަކަށް އަނިޔާވެފައިވާކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.