ads
ފޭސް 3 ހިއްކާ ސީއެމްސީއަށް 20 ހެކްޓަރު ބިން ދޭން ކުރީ ސަރުކާރުން ވަނީ އެއްބަސްވެފައި
ހުޅުމާލޭ ފޭސް 3 ހިއްކާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 20 ހެކްޓަރު ބިން ދޭން ކުރީ ސަރުކާރުން އެއްބަސްވެފައިވާކަމަށް އާބަންކޯއިން ހާމަކޮށްފި އެވެ.
Advertisement

މިރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލޭ ފޭސް 3 ހިއްކުމަށަ ހަވާލުކޮށްފައިވާ ކޮންޓްރެކްޓްގައި  96 ހެކްޓަރުގެ ބިން ހިއްކަން އޮންނަ ކަމަށެވެ.

ފަޒުލް ވިދާޅުވީ ހިއްކާ 96 ހެކްޓަރު ބިން ހިއްކަން އޮތް ނަމަވެސް އެތަނުން 20 ހެކްޓަރު ބިން ހިއްކާ ކުންފުންޔަށް ދޭން ޖެހޭކަމަށެވެ. 

އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވިއެވެ.

"96 ހެކްޓަރު ބިން އިނގޭތޯ ހިއްކަން މިއޮންނަނީ. 96 ހެކްޓަރުގެ ބިން އޮތް އިރުގައި އޭގެން މިއުފަންކުރެވެނީ. ސޮރީ 96 ހެކްޓަރުގެ ބިން ހިއްކަން އޮތް އިރުގައި 20 ހެކްޓަރު އެބަދޭންޖެހޭ ހިއ