އާ އަހަރަށް މަރުހަބާ ކިޔުމާއި އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފާތައް ފަރުމާކޮށްފަ އެވެ. މީގެތެރޭގައި:
ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތަކަށް ފަސޭހަކަމާ އެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.
ދިރާގު ހެޑް އޮފީސް: ދިރާގުން މީލާދީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވަނީ ލޯންޗުކޮށްފައި - ފޮޓޯ:ދިރާގު
އާ އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ހާއްސަ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3RRY4K7
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އާ އޮފާތަކަކާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.