ހޯމް މިނިސްޓަރު ޢަލީ އިޙުސާނަށް ބޯޑުން މިހާރު ވަނީ އެ ބޯޑުގެ ނިންމުން އަންގާފައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ނަން ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއެވެ.
ޕޮލިސް ބޯޑުން ހޯމް މިނިސްޓަރަށް ފޮނުވާ ފަރާތް ސީޕީގެ މަޤާމަށް އައްޔަނު ކުރެއްވުމާމެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ސީޕީގެ މަގެމް އެންމެ ފަހުން ފުރުއްވާފައިވަނީ މުހައްމަދު ހަމީދު (ސީޕީ) އެވެ.
ހަމީދު ރިޓަޔަރކުރެއްވުމާ ގުޅިގެން މިހާރު އެކްޓިން ކޮމިޝަނާގެ މަގާމު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.