ހުޅުމާލޭން ފައިލޭރިއާ ކޭސްއެއް ފެނުނު ކަން ރިޕޯޓް ކުރިތާ އެއް ދުވަސް ފަހުން މާލޭން ކޭސްއެއް ފެނިފައިވާއިރު، މުޅިންވެސް އަދި ފެނިފައިވަނީ ބިދޭސީންގެ ހަށިގަނޑުންނެވެ. މިހާތަށް ފައިލޭރިއާ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 27 އަށް އެރިއިރު، އޭގެ ތެރެއިން 25 ކޭސް ފެނުނީ ހދ. ކުޅުދުއްފުށިންނެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދާއި ތިލަފުށި އަދި ގުޅީފަޅުގައި މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު ބިދޭސީން ފައިލޭރިއާއަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ ޓެސްޓުގެ ތެރޭގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް ބުންޏެވެ.
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ބަލީގެ ކޭސްތައް ފެނިފައިވާއިރު، އެއީ މުޅިން ވެސް އިންޑިއާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.