ads
މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން ނިމާލް އިސްތިއުފާދެއްވައިފި
މާލޭ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން މުހައްމަދު ނިމާލު އިސްތިއުފާދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބު ބަޔާންކޮށް ނިމާލް ވިދާޅުވީ މިވަގުތު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ދަތިތަކެއް އެބަހުރިކަމަށެވެ.

ނިމާލް ވަނީ އަތޮޅަށް ހިދުމަތްކޮށްދިނުމަށް ރައްޔިތުން ދެއްވި ފުރުސަތައް ޝުކުރު އަދާކުރައްވާފަ އެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ނިމާލް އިންތިހާބުވެފައިވަނީ 2021 ވަނަ އަހަރުއެވެ.

ނިމާލް ވަނީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް