ads
މެޑިކަލް ނުހަދަނީސް ބިދޭސީންގެ ވިސާ އާނުކޮށްދޭން ނިންމައިފި
މިހާރު ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ވިސާ އިތުރުކޮށްދޭނީ މެޑިކަލް ހެދުމުންކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ސަރުކާރުން މިއަދު ނިންމާފައިވާގޮތުން  މިހާރު ތިިބި ހުރިހާ މަސައްކަތްތެރިން ހަ މަސްތެރޭ މެޑިކަލް ހަދަންޖެއެވެ. 

މިދިޔަ ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތަކީ ވޯކް ޕާމިޓް އާ ކޮށްދެވޭނީ ރާއްޖެ އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހެދުމުންނެވެ. މޮގޮތަށް ނިންމާފައި އޮތުމުން ބިދޭސީން ރާއްޖެ އެތެރެ ކުރާއިރު މެޑިކަލް ހުށަނޭޅިއަސް ވިސާ ދިނެވެ. ނަމަވެސް ސަރުކާރުން އަލަށް މި މިންމި ނިންމުމާއެކު، ބިދޭސީން ރާއްޖެއަށް އެރެވާތާ 15 ދުވަހުގެ ތެރޭގައި މެޑިކަލް ހައްދަންޖެހޭނެއެވެ. އަދި އޮންއެރައިވަލް ޗެކްއަޕް ވެސް ހަދަންޖެހެއެވެ. 

ރާއްޖޭގައި ފައިލޭރިއާ ކޭސްތައް ފެންނަމުންދާއިރު، ސަރުކާރުން މިއަދު ވަނީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެވާއިރު ހެލްތެ ސްކްރީން ކުރަންޖެހޭގޮތަށް ނިންމައިފައެވެ. އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ކަމަށް، ރައީސް އޮފީހުން މިއަދު ބުންޏެވެ. 

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް 28،000 އިންޑިއާ މަސައްކަތްތެރިން އެތެރެކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެ މުއްދަތުގައި ބަނގުލަދޭޝް އިން 38،113 ބަނގުލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

އިންޑިއާގެ ވަކި ހިސާބަކުން ރާއްޖެއަށް އައިސްތިބި މަސައްކަތްތެރިންގެ ފަރާތުން ފައިލޭރިއާ ކޭސްތައް ގިނައިން ފެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދަޅުވިއެވެ. 

"އެކި ބޭނުންތަކަށް ރާއްޖެ އަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން ނުވަތަ ފަތުރުވެރިން އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން މީގެ ފަހުން ޖެހޭނެ. ކުރިން މެޑިކަލް ހަދަން 30 ދުވަސް ދީފައި އޮތް ނަމަވެސް މިހާރު އެ މުއްދަތު 15 ދުވަހަށް ކުރު ކުރަން ސަރުކާރުންވަނީ ނިނާމާފަ،" ނާޒިމް ވިދާޅުވިއެވެ.

ފައިލޭރީއާގެ 32 ކޭސް ރާއްޖެއިން ފެނިފައިވާއިރު، އެއީ މުޅިންވެސް ބިދޭސީންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް