ads
އާބަންކޯ ގެ ސީއޯއޯ އަކަށް އަހުމަދު އިބްރާހިމް
އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަގާމަށް އަހްމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފިއެވެ.

ސީއޯއޯގެ މަގާމަށް އަހުމަދު އިބްރާހިމް އައްޔަންކުރައްވަން އެކުންފުނީގެ ބޯޑުން ނިންމެވީ އަންގާރަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ޕޮކްމަންގެ ގޮތުގައި މަޝްހޫރުވެފައިވާ އަހްމަދު އިބްރާހިމް ވަނީ ޝަރުއީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭނާ ގެންދަވަނީ އެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލުކުރައްވަމުންނެވެ. 

"އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި 5 އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ. ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހައިލުމަކީ ބޮޑު ޖަރީމާއެއް،" އޭނާ ސީއޯއޯގެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން ވިދާޅުވިއެވެ. 

ޕޮކްމަން ވަނީ ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ ވަކިކުރީ 2021 ވަނަ އަހަރުއެވެ.

އަހުމަދު އިބްރާހީމަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ފަޒުލް ރަޝީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް