ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެށި މާސް މީޑިއާ ކެމްޕެއިން "މުކައްބަ" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ހެލްތް މިނިސްޓަރު ވިދާޅުވީ، ފައިލޭރިއާ ކޮންޓްރޯލް ކުރެވޭނެ މެކޭނިޒަމް ރާއްޖޭގަައި އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިތުރަށް ބޭނުންވާ ބޭސް ގެނައުމަށްވެސް އެމަޖަންސީ ފަންޑަކާއި މަޝްވަރާކުރެވި އެކަން ވެސް ކުރިއަށްދާކަމަށެވެ.
ރާއްޖެއިން ފައިލޭރިއާ ޖެހިފައިވާ 32 މީހަކު ފެނިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ. އިންޑިއާގެ ސަރަހައްދަކުން އަންނަ މަސައްކަތްތެރިންގެ ފަރާތުން ފައިލޭރިއާ ކޭސްތައް ގިނައިން ފެނިފައިވާކަމަށް ރައީސް އޮފީހުން ވަނީ މި ހަފްތާތެރޭގައި ބުނެފައެވެ.
ރާއްޖެއިން ފައިލޭރިއާ ފެނިފައިވަނީ، މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށިންނެވެ.