ads
"މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ހަރަކާތެއް އާބަންކޯއިން ފަށަނީ
މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިނަ ތަންތަން ފާހަގަވެފައިވޭ
މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް އާބަންކޯއިން މިއަދު ފަށައިފި އެވެ.
Advertisement

އާބަންކޯއިން ބުނިގޮތުގައި މިއަދު ފެށީ ގައުމީ ހަރަކާތުގެ ދަށުން އާބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށާއި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ވެސް ހިމެނޭނެ އެވެ. ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންކަމަށް އެ ކުންފުނިން ބުނެއެވެ. 

މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އާބަންކޯ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި  އެގޮތުން މި މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވަކަމަށް އާބަންކޯއިން ބުނެ އެވެ.  

ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯސް އެއް އާބަންކޯއިން ކުލަވާލެވިއިފައިވާ ކަމަށާއި އެތަނުގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިނަ ތަންތަން ފާހަގަކޮށް،  އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމުގައި އާބަންކޯއިން ބުނެ އެވެ.  

ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ގައުމީ ހަރަކާތް ޝަރަފްވެރިކޮށް ދެއްވީ އެންވައަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމްއެވެ. އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު އޮތީ ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ޕާކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް