ads
ހުޅުމާލޭގެ ފޭސް ތިނެއްގެ ދެ ވަނަ ބައި ހިއްކަން ފަށައިފި
ހުޅުމާލޭގެ ތިން ވަނަ ފޭސް ހިއްކައިގެން ގޯތި ދޫކުރުމަށް ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން ތިން ވަނަ ފޭހުގެ ދެ ވަނަ ބައި ހިއްކަން ފަށާފައިވާކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަދު ވެޑައިގެންނެވިގޮތައް ހުޅުމާލޭގެ ތިން ވަނަ ފޭސް އިން  ގޯތިތައް ދޭނެކަމަށެވެ. 

ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ، ވެލި ފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަ ކޮށްދެވޭނެ،- ފަޒުލް

އާބަންކޯއިން ބުނެފައިވަނީ ހިއްކަން ފެށުމުގެ ގޮތުން ފަޅުތެރެއިން  ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅޭނެ އިންތިޒާމުތައް އެކުންފުނިން ހަމަޖައްސާދީފައިވާ ކަމަށެވެ. 

މާލޭ މީހުންނަށް ގޯތި ދިނުމަށް ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ހުޅުމާލޭ ފަޅު ހިއްކަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު އޮކްޓޫބަރު މަހު ފަހުކޮޅު އެ މަސައްކަތް ހުއްޓުމަކަށް އައެވެ. މަސައްކަތް ހުއްޓަލި ސަބަބެއްކަމުގައި އާބަންކޯއިން ބުނީ ހިއްކަން ގެންގުޅޭ ޑްރެޖަރު މަރާމަތްކުރުމާއި އަހަރުގެ ފަހުކޮޅު މުރަކަ އާލާވާ ދުވަސްވަރެއްކަމަށް ބަލާ މަސައްކަތް ނުކުރުމަށެވެ.

އެ މަސައްކަތް އެ ވަގުތު ހުއްޓާލި އިރު ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކާ ނިންމައިފަ އެވެ. އަދި ދެވަނަ ބައިގެ ގޮތުގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އާބަންކޯއިން ބުނީ ފުށިދިއްގަރު ފަޅު ވެސް ހިއްކާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް