ads
ޔޫތް މިނިސްޓްރު އާބަންކޯގެ މެނޭޖިން ޑިރެކްޓަރާއި ބައްދަލުކޮށްފި
ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އާބަންކޯ ގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަސީދު އާއި ބައްދަލު ކުރައްވައިފި އެވެ.

ޔޫތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވާ ގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެއްކިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިޔާ ވިލެޖްއެއް އެޅުމަށް ވައުދުވެވަޑައިގެންފައިވާތީ އެ މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިމާއި ބެހޭ ގޮތުން ކަމުގައިއެވެ. 

މީޑިޔާ ވިލެޖް ހެދުމަށް ބޭނުންވާ ބިން ހޯދާނެ ތަނަކާއި އެ ބިން ބޭނުން ކުރެވޭނެ ގޮތެއްގެ އިތުރުން ދައުލަތުގެ ބިން މީޑިޔާތަކަށް އިންސާފުވެރިގޮތަކަށް ބަހާނެ ގޮތާއި ބެހޭ މަސްވަރާކުރިޔަށް ދާކަމަށް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހިމް ކުރިން ވަނީ ވިދާޅުވެފައި އެވެ. 

މީޑިއާ ވިލެއްޖެއް ގާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި އެކުގައި މަސްވަރާކޮށްގެން ކުރިޔަށް ގެންދަން ކެބިނެޓުން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ތަފްސީލުކޮށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑީޔާތަކަށް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިޔަށް ގެންދިޔުމަށް ކެބިނެޓުން ނިންމަވާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މީޑިޔާތައް ބާރުވެރިކުރުމަކީ ސަރުކާރުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމެއް ކަމަށާއި މި ވިލެޖް ގާއިމް ކުރުމަށް ކުރަންޖެހޭ މަސްވަރާތައް ކުރިޔަށް ދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް