ads
ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް މާލެ ސިޓީ ކައުންސިލަށް
ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށްޓަަކައި އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި މާލޭ ސިޓީ ކައުންސިލާއި އާބަންކޯ އަދި މިނިސްޓްރީ އޮފް ފިނޭންސުން ސޮއި ކޮށްފައިވަނީ މިއަދު އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތާއި، މުނިސިޕަލް ބިންތަކުގެ އިތުރުން މުވައްޒަފުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. އެ ނިންމުން ނިންމާފައިވަނީ ކެބިނެޓް ބައްދަލުވުމެއްގައެވެ.

އާބަންކޯއިން ބަލަހައްޓަމުން އަންނަ ހުޅުމާލޭގެ މުނިސިޕަލް ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯއިން ނަގައި، މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން ހުޅުމާލޭގެ މަގުތަކާއި ފަޅުތެރެ ސާފުކުރުމާއި، ހުރިހާ އިދާރީ މަސައްކަތްތަކާއި ހުޅުމާލެ ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށް ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް