ads
ދިވެހި ބައެއް ރެފްރީން
ދިވެހި 11 ރެފްރީއަކަށް ފީފާ ބެޖު ލިބިއްޖެ
ދިވެހި 11 ރެފްރީއަކަށް، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ބެޖް މި އަހަރަށް ލިބިއްޖެ އެވެ.

މި އަހަރަށް ފީފާ އެލީޓް ރެފްރީންގެ ގޮތުގައި ތިން ރެފްރީން ވަނީ ހިމަނައިފަ އެވެ. އެ ތިން ރެފްރީންނަކީ، މުހައްމަދު ޖާވިޒް (ޖޭޑް)، އާދަމް ފަޒީލް އަދި ހުސެއިން ސިނާން އެވެ. ފީފާ ރެފްރީގެ ގޮތުގައި، ބެޖް ލިބިފައިވަނީ ޒަހީރު ހުސެއިން އަށެވެ. ފީފާ އެލީޓް އެސިސްޓަންޓް ރެފްރީންގެ ބެޖް މި އަހަރު ލިބުނީ، ޖައުފަރު ރަޝީދު، އަހުމަދު އަބްދުﷲ، ނިއުޝާދު މުހައްމަދު، އަހުމަދު ހަސަން އަދި އަހުމަދު އަފްސަހު އަށެވެ. މީގެ އިތުރުން، ފީފާ އެސިސްޓަންޓް ރެފްރީންގެ ބެޖް، އަބްދުﷲ ޝާތިރު އަދި ރައީފް ރައޫފް އަށް ވަނީ ލިބިފަ އެވެ.

މިއީ ވޭތުވެދިޔަ އަހަރު ދިވެހި ރެފްރީން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އިންސާފުކޮށްފައިވާތީ އާއި ފިޓްނަސް ޓެސްޓާއި ތިއަރީ ޓެސްޓްތަކުން ފާސްވުމާ އެކު ފަހިވި ފުރުސަތެކެވެ.

މިދިޔަ އަހަރުގެ ހަތަރު މަސްތެރޭގައި ކުރިއަށްދިޔަ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތިން ފައިނަލުން ވެސް ރާއްޖޭގެ ރެފްރީން ވަނީ ފުރުސަތު ހޯދައިފަ އެވެ. މިދިޔަ އަހަރު ޖުލައި މަހު އިންޑިއާގައި ނިމުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު މަހު ނިމުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ދިވެހި ރެފްރީން ފެނުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް