ads
ފައިލޭރިޔާ އާއި ދެކޮޅަށް ރާއްޖެ ތެދުވުމަށް އީޔޫގެ ބޮޑު އެހީއެއް
ރާއްޖެއިން މިފަހުން ފެނުނު ފައިލޭރިޔާ އާއި ދެކޮޅަށް ތެދުވުމަށް ޔޫރަޕިއަން ޔޫނިއަންގެ އޭޝިއާ ޕެސިފިކް އެއިޑް އިން ދިވެހި ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ދޭން ނިންމައިފި އެވެ.

އީޔޫއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން ދިވެހި ރާއްޖެއަށް އެއްލައްކަ ޔޫރޯގެ އެހީ އިންޓަނޭސިނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރަސަންޓް ސޮސައިޓީސް މެދުވެރިކޮށް ފޮނުވަން ނިންމާފައިވާކަމުގަ އެވެ. 

ފޮނުވޭ އެހީތަކުގެ ބޭނުން ކުރެވިގެންދާނީ ހެލްތް ސްކުރީނިން، ބަޔަށް ފަރުވާކުރުމަށް، ހައިޖީން އެންޑް ޕްރިވެންޝަން ކިޓްސްއަށް އަދި

އާންމު ފަރުދުން މިކަމަށް ހޭލުންތެރި ކުރުމަށް ކަމަށް އެ ޕޯސްޓްގައި ވެއެވެ.

ރާއްޖޭގައި ދިރިއުޅޭ މަސައްކަތްތެރިންގެ ތެރޭގައި ފެތުރެމުން އަންނަ ފައިލޭރިއާ ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މީގެ ކުރިން ވަނީ އާންމުނަށް ދެއްވާފަ އެވެ. 

ރާއްޖެއިން ފައިލޭރިއާ ޖެހިފައިވާ 32 މީހަކު ފެނިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ މުޅިންވެސް ބިދޭސީން މަސައްކަތް ތެރިން ނެވެ. 

ރާއްޖޭން މުޅިން ހެން ނައްތާލެވިފައިވާ، ފައިލޭރިއާ ބަލި އަލުން ރާއްޖެއިން ފެނިފައިވަނީ، މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް