ads
ރައީސް މުއިއްޒު، އަދި ފަޒުލް ބައެއް މިނިސްޓަރުންނާއިއެކު
ފަޒުލް އެމްޑީގެ މަގާމުގައި ހުންނެވީ މިނިސްޓަރުން ފެންވަރުގައި: ރައީސް އޮފީސް
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަނުކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ކަން ރައީސް އޮފީހުން ހާމަކޮށްފި އެވެ.

އާބަންކޯ އަށް ފަޒުލް އައްޔަންކުރި އޭނާ އެ މަގާމަށް އައްޔަންކުރީ މިނިސްޓަރެއްގެ ފެންވަރުގައި ކަމަށް މީގެކުރިން އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. 

ނަމަވެސް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި، އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަންކޮށްފައިވަނީ މިނިސްޓަރު ބޭފުޅެއްގެ ފެންވަރުގައެވެ. މީގެ ކުރިން ރައީސް އޮފީހުގެ ލިސްޓުގައި ފަޒުލްގެ ނަމެއް ނެތެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަޒުލު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެޑްމިނިސްޓްރޭޝަންގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން އަދާ ކުރައްވާފަ އެވެ.

މިނިސްޓަރުންގެ ފެންވަރުގައި މިހާރު ވެސް 20 ބޭފުޅުން އައްޔަން ކުރައްވާފައިވެ އެވެ. އަދި ސީނިއާ ވަޒީރެއްގެ ގޮތުގައި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވަނީ މަގާމަށް އައްޔަންކުރައްވާފަ އެވެ. އޭގެތެރެއިން ގިނަ ބޭފުޅުން ތިއްބެވީ ރައީސް އޮފީހުގަ އެވެ.

މާނައަކީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުން ނުހިމަނާ، ވަޒީރު ފެންވަރުގައި 21 ބޭފުޅުން މިހާރު ވެސް ވަނީ އައްޔަނުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް