ads
ޕެޓް ކެއާ ފެސިލީޓީ ހެދުމަށް ބޭނުންވާ ބިން ހަވާލުކޮށްފި
ޕެޓް ކެއާ ފެސިލީޓީ ހެދުމަށް ބޭނުންވާ ބިން ހަވާލުކޮށްފި އެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމްކުރެވުމާއެކު، މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ، މި މަޝްރޫއަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ މި ފެސިލިޓީވާނީ ވަރަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ފެސިލިޓީއަކަށް ކަމަށެވެ.

"މިގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ. މިއީ ފެށުމެއް. އަޅުގަނޑުމެން މި މަސައްކަތް މުޅި ރާއްޖެއަށް ފެށިގެންދާގޮތަށް ކުރިން އެއީ، މި ސަރުކާރުގެ އަމާޒު" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ފެސިލިޓީގެ މަސައްކަތަކީ ސަރުކާރުގެ ހަފުތާ14ގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ 100 ދުވަހުގެ ތެރޭ އެ ކަން ކުރައްވާ ނިންމަވާނެކަމަށް ވިދާޅުވިއެވެ.

ޕެޓް ކެއަރ ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކުރުމަކީ ފެށުމެއްކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ފެސިލިޓީތައް ގާއިމްކުރުން ކަމަށް ހުސައިން އިސްމާއިލް ވިދާޅުވި އެވެ.

ޕެޓް ކެއަރ ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. ޕެޓް ކެއަރ ފެސިލިޓީއަކީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް