ads
ތިލަފުށީ ފަޅުން ނުނަގާ ހުރި އުޅަނދުތައް އާބަންކޯއިން ނަގަނީ
ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ފަށައިފި އެވެ.

އާބަންކޯއިން މީޑިއާ ތަކަށް ފޮނުވު މެސެޖެއްގައި ބުނެފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު މެދުކެނޑުމެއްނެތި ކުރިއަށް ދާ ކަމަށާއި، އޭގެ ކުރިން އެތައް ފަހަރެއްގެ މަތިން އިއުލާނު ކޮށްގެންނާއި ވަކި ވަކިން އުޅަނދު ތަކަށް ނޯޓިސް ފޮނުވައިގެން ވެސް އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ މާޗް 9، އޭޕްރީލް 9‏، އޭޕްރީލް 27 އަދި ނޮވެންބަރު 20 ވަނަ ދުވަހު އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އިއުލާނު ކޮށް އަންގާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން އިތުރަށް ބުނީ އެއީ ގައުމުގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި، މާސްޓަ ޕްލޭނާއި އެއްގޮތަށް ވީހާވެސް އަވަހަށް އެ މަޝްރޫއު ނިންމާލުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. 

އެހެންކަމުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ގާނޫނާއި ގަވައިދުގެ ތެރެއިން، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްގެންދާ ކަަމަށް އާބަންކޯއިން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް