ads
އަދި މިހާތަނަށް ސަރުކާރުން ޕްރޮޖެކްޓް އިއުލާންކުރިއިރު އާކަމެެއްކޮށްފައެއް ނެތް: ސޯލިހް
އަދި މިހާތަނަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާކަމަށާއި، އާ އެއްވެސްކަމެއް އަދި ފެނިވަޑައިނުގަންނަވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ފަރާތުން މާލޭ ސިޓީ މޭޔަރު ބައި-އިލެކްޝަންގައި ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ރަސްމީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ސޯލިހް ވިދާޅުވި މިސަރުކާރުން މާލޭ ރައްޔިތުންނަށް ވި ވައުދުތައް ނުފުއްދި ހުރި އިރުވެސް އާކަމެއް ގޮތުގައި ފާހަގަކުރެވުނުކަމަކީ  ފަޅެއް ހިއްކާ ވާހަކަ އެކަނި ކަމަށެވެ. 

"ޕްރޮޖެކްޓްތައް އިއުލާންކުރި އިރުގައި، އާކަމެއް ނެތް ކޮށްފައެެވެ.  ހަމައެކަނި ކޮންމެވެސް މިތާއޮތް ފަޅެއް ހިއްކާ ވާހަކަ އެކަނި އިއުލާންކޮށްފަވަނީ." ސޯލިހު ވުދާޅުވި އެވެ. 

ބޯންމެރޯ ހެދުމާއި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލާކަމުގައި  ވިޔަސް، ގިނަ ކަންމަކަމީ އެމްޑީޕީގެ ސަރުކާރުގައި ފައްޓަން ތައްޔާރުވެފައިވާ މަޝްރޫއުތައް ކަމަށް އިބޫ ވިދާަޅުވި އެވެ. 

އިބޫ ވިދާޅުވީ އެ ހުރިހާ ކަމަކާ ވިސްނުމަށް ފަހު އެމްޑީޕީ ކެނޑިޑޭޓު އާޒިމަށް ވޯޓުދެއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް