ads
ގައުމީ ބާސްކެޓް ލީގުގައި ބޭރު ކުޅުންތެރިން ނުހިމެނޭ
ގައުމީ ބާސްކެޓް ލީގުގައި މި ފަހަރު އެއްވެސް ޓީމެއްގައި ބިދޭސީ ކުޅުންތެރިން ނުހިމެނޭ ގޮތަށް މުބާރާތުގެ ގަވާއިދަށް ބަދަލުގެނެސްފި އެވެ.

ގައުމީ ބާސްކެޓް ލީގުގައި މި ފަހަރު އެއްވެސް ޓީމެއްގައި ބެދޭސީ ކުޅުންތެރިން ނުހިމެނޭ ގޮތަށް މުބާރާތުގެ ގަވާއިދަށް ބަދަލުގެނެސްފައިވާ ހާމަ ކުރީ. މޯލްޑިވްސް ބާސެކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަހުމަދު އާދަމް(އެޑަމް) ގައުމީ ޓީވީގަ އެވެ.

ގައުމީ ޓީވީ ވާހަކަދައްކުމުން އެޑަމް ވިދާޅުވީ މި ބަދަލު ގެންނަން އެންމެ ބޮޑަށް ވިސްނުނީ ކޮވިޑަށް ފަހު ޓީމުތަކުގެ މާލީ ހާލަތު އެހާ ރަނގަޅު ނުވުމުގެ އިތުރުން، ހުރިހާ ކުލަބަކުންވެސް އެގޮތަށް އެއްބަސްވެގެން ނިންމުމުން ކަމަށެވެ. 

އަދި ގައުމީ ލީގުގައި މި ފަހަރު ބިދޭސީ ކުޅުންތެރިން ނުފެނުނު ކަމުގަވިޔަސް، ކުރު މުއްދައްތަކަށް ރޭވިފައިވާ މުބާރާތްތަކުގައި އެ ކުޅުންތެރިންނަށް ވާދަކުރެވޭނެކަންވެސް އެޑަމް ފާހަގަކުރެއްވި އެވެ.

އެޑަމް ވިދާޅުވީ މި ބަދަލާއެކު މި ފަހަރުގެ ލީގުގައި ޓީމުތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށާއި، މީގެ އިތުރުން ގައުމީ ލީގުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

އަދި ހަމަ އެހެން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މުބާރާތުގެ ކުރިން ތަށި ހޯދާނެ ޓީމެއް ލަފާކުރަން ދަތިކަމަށްވެސް އެޑަމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް