ads
ހުޅުމާލޭ ހިއްކާ ސަރަހައްދު ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އަންގައިފި
‏ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން އާބަންކޯއިން އަންގައިފި އެވެ.

އުޅަނދުތައް ނެގުމަށް އަންގައި އާބަންކޯއިން ވަނީ ނަގަން ޖެހޭ އުޅަނދުތައް ހުރި ސަރަހައްދެއް ފާހަގަކޮށްފައިވާ ކުރެހުމެއް "އެކްސް"ގައި ހިއްސާ ކޮށްފަ އެވެ.

ފާހަގަ ކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދު ތަކުގެ ވެރި ފަރާތްތަކުން އާބަންކޯގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު، ވީހާވެސް އަވަހަކަށް އެ އުޅަނދުތައް އެ ސަރަހައްދުން ދުރަށް ގެންދިއުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަރައްގީގެ މަޝްރޫއު ތަކުގެ ބައެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުން ދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް