ads
އެޗްޑީސީ އަށް އާބަންކޯ ކިއުން ހުއްޓާލަން ނިންމައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިއަމުންދިޔަ "އާބަންކޯ"ގެ ނަން ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުންޏަށް އާބަންކޯ ކިޔަމުން އައި ނަމަވެސް، ރަސްމީ ހުރިހާ ލިޔެކިއުންތަކުގައި މިހާރުވެސް ބޭނުންކުރަނީ އެޗްޑީސީގެ ނަން ކަމަށެވެ. އެހެންކަމުން ދެ ނަން ބޭނުންކުރުމުން ދިއުމުން އާންމުންނަށް ވަރަށް ބޮޑަށް އޮޅުން އަރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން މިއީ އަލުން ރީބްރޭންޑް ކުރުމެއް ނޫން ކަމަށާއި، މިއީ އާންމުނަށް އޮޅުންއެރުންތަކަށް ހައްލެއް ހޯދައިދޭން ހަމައެކަނި އާބަންކޯ ކިޔުން ހުއްޓާލުން ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީއަށް އާބަންކޯ ކިއުން ހުއްޓާލައި، އަންނަ ބުރާސްފަތި ދުވަހު އެކަން އިއުލާނު ކުރަން ނިންމާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މިދިޔަ ހަފްތާގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި، އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށްފައި އޮތީ ނަމެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ވަކި ފަރާތަކަށް ބޮޑު އަދަދެއްގެ ފައިސާ ތަކެއް ދިނުމަށް ކޮށްފައި އޮތް ބްރޭންޑިން މަސައްކަތެއް ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްމިނިސްްރޭޝަންގައި އާބަންކޯ ރީބްރޭންޑް ކުރުމަށްފަހު ބުނެފައިވަނީ، އެކަމުގެ ސަބަބުން އެ ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރެވިގެންދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް