ads
އާބަންކޯގެ ނަން ދޫކޮށްލުމަށްފަހު އަލުން އެޗްޑީސީ ކިޔަން ފަށައިފި
ކުރީގެ ސަރުކާރުން މިދިއަ އަހަރު "އާބަންކޯ" އަށް ނަން ބަދަލުކޮށް، ރީބްރޭންޑް ކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން އަނެއްކާވެސް އިހު އޮތް ގޮތަށް އެޗްޑީސީއަށް ބަދަލު ކޮށްފި އެވެ.
Advertisement

މި ބަދަލު ގެނައީ މިއަދު އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާވައިގެނެވެ.

އެޗްޑީސީން ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ގާނޫނީ ގޮތުން އެ ކުންފުންޏަށް އަދިވެސް ބޭނުންކުރާ ނަން، "ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)" އަލުން ބޭނުންކުރަން ނިންމައި، ނަން އިއުލާނުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ކުންފުނީގެ އިސްވެރިންނެވެ.

އެޗްޑީސީ ރީބްރޭންޑްކޮށް، ކުންފުނީގެ ނަން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށް، ބްރޭންޑް ނަމަކަށް އާބަންކޯ ކިޔަން ނިންމާފައިވަނީ 2021 ވަނަ އަހަރުގައި ކަމަށް އެ ކުންފުނިން ކުރިން ބުނި ނަމަވެސް، ރަސްމީކޮށް ކުންފުނި ރީބްރޭންޑް ކުރިކަން އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

އާބަންކޯގެ ބްރޭންޑިން ތަންފީޒުކުރަން އެ ކުންފުނިން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

އެޗްޑީސީން ފާހަގަ ކުރާ ގޮތުގައި އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމެވެ.

"މި ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމެވެ. މިކަން ހާސިލް ކުރުމަށް މިކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން".. އެޗްޑީސީންގެ މިއަދު މީޑިއާ ތަކަށް ފޮނުވި ލިޔުމުގައި ވެއެވެ.

your image

އާބަންކޯގެ ލޯގޯ ނަގައި އަލުން އެޗްޑީސީގެ ލޯގޯ ހަރުކޮށްފައި. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ކުންފުނީގެ ބްރޭންޑް ނަން "އަރބަންކޯ"ގެ ބަދަލުގައި، ގާނޫނީ ނަން "އެޗްޑީސީ" ބޭނުންކުރަން ނިންމާފައިވަނީ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމަށެވެ. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދިޔައީ، ކުންފުނީގެ ރަސްމީ ނަން އެޗްޑީސީއެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް