ads
ހަރުކަށި ފިކުރާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ
ހަރުކަށި ފިކުރުގެ އޭއެފްޑީ ޕާޓީއާ ދެކޮޅަށް ޖަރުމަނުގެ އެކި ކަންކޮޅުތަކުގައި ހޮނިހިރު ދުވަހު ގިނަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

މުޒާހަރާތައް ފަށާފައިވަނީ ޖަރުމަނު ވިލާތުގެ ރަށްވެހިކަން ލިބިފައިވާ ބައެއް މީހުން ހިމެނޭ ގޮތަށް އެތައް މިލިއަން ހިޖުރަވެރިން އަނބުރާ ގައުމަށް ފޮނުވާލުމާ ބެހޭ ގޮތުން އެ ޕާޓީގެ މެންބަރުން ރައިޓް ވިންގް ގެ ހަރުކަށި ފިކުރުގެ މީހުންނާ ބައްދަލުކުރި ކަމަށް ބުނެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ޝާއިއުކުރި ތަހްގީގީ ރިޕޯޓާ ގުޅިގެން ނެވެ.

ހުޅަގުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްރެންކްފާޓްގައި އެކަނި ވެސް މުޒާހަރާގައި 35000 މީހުން ބައިވެރިވެފައި ވެއެވެ.

"އަހަރެން އުންމީދު މި އެއްވުމުގައި ހުންނާނީ އަހަރެން އެކަނި ކަމަށް، ނަމަވެސް ވަރަށް ގިނަ މީހުން އެބަތިބި، ހަމައެކަނި މިތަނުގައެއް ނޫން ޒެއިލްއާ ހަމައަށްވެސް، މިއީ އަޖައިބެއް، ވަރަށް ހިތްހަމަ ޖެހޭ ވަރަށް އުފާވޭ އަހަރެމެންނަށް ބޮޑު އަގުލަބިއްޔަތެއް އޮތްކަން އެނގޭތީ" މުޒާހަރާގެ ބައިވެރިއެއް ބުނެފައިވެ އެވެ.

ޖަރުމަނުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މުޅިޖަރުމަނުން އިއްޔެ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 200000 އަރާކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީޑިއާ އައުޓްލެޓް ކަރެކްޓިވް އިން ޝާއިއުކުރި ރިޕޯޓުން ކުރިމަތިވި ނުރުހުމުގެ ސަބަބުން ޖަރުމަނުން އޭއެފްޑީ މަނާކުރުމަށް އަލުން ވިސްނުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި ޖަރުމަނުގެ ވޯޓަރުންގެ މެދުގައި ޕާޓީތަކުގެ މަގުބޫލުކަން އިތުރުވަމުންދާތީ ކަންބޮޑުވުންތައް ބޮޑުވަމުންދާކަން ވެސް މި މުޒާހަރާތަކުން ދައްކަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް