ads
މިފްކޯ ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން ފަށައިފި
މިއަހަރުގެ ރޯދަ މަހާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ފަސްމީރު މާމީރު ރޯދަ ޕްރޮމޯ 1445 ނަމުގައި ރޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިފްކޯއިން ބުނީ މި ޕްރްމޯޝަންގެ ދަށުން މިފްކޯ މަސްފިހާރަތަކުން 200 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި، އެ ކޫޕަން ހުށަހަޅައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް މިފްކޯއިން ވަނީ ހުށަހަޅާފަ އެވެ.

އޭގެއިތުރުން ދެވަނަ އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅާފައި ވާއިރު، ތިންވަނައަށް ހޮވޭ ނަސީބުވެރިއަކަށް 25،000 ރުފިޔާގެ ފައިސާގެ އިމާނު ހަދިޔާކުރުމަށް މިފްކޯއިން ވަނީ ނިންމާފަ އެވެ.

މިފްކޯގެ މި ރޯދަ ޕްރޮމޯ ކުރިއަށް ދާނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 16 ގެ ނިޔަލަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މިފްކޯއިން އަންނަނީ ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ބޮޑެތި އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް