ads
އެސްޓީއޯގެ ރަމަޒާން ޕްރޮމޯޝަން
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގައި "ރަމަޒާން ބާޒާރު" ފަށައިފި
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގައި ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމާއި ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް (ނިޕޯން ޝޯރޫމް) އަދި ލ. ފޮނަދޫގެ ފިހާރައިގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެސްޓީއޯ "ރަމަޒާން ބާޒާރު"ގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި ނަސީބުވެރިން ހޮވާނީ ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުމުން ނެގޭ ގުރުއަތުންނެވެ.

އެސްޓީއޯއިން ބުނީ މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގެނެވިދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް