ads
މުޅި ރާއްޖޭގައި ފައިލޭރިއާ ޓެސްޓްކުރަން ހޮނިހިރުގައި، މީހުން ހޮވާނީ ގުރުއަތުން
މުޅި ރާއްޖޭގައި ފައިލޭރިޔާ ޓެސްޓްކުރުމަށް ފަށާ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށާނެކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލި އަލުން ރާއްޖެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަދުވަހުއެވެ. ކުޅުދުށްފުށީގައި މަސައްކަތް ކުރާ ބިދޭސީ ދެމީހެއްގެ ގައިން ފައިލޭރިއާ ފެނި ކުރި ޓެސްޓްތަކަށްފަހު އެ ބަލި ޖެހިފައިވާ 32 މީހަކު ވަނީ ފެނިފައެވެ. އެއީ މުޅިންވެސް ބިދޭސީން މަސައްކަތް ތެރިން ނެވެ.  

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ޓެސްޓްކުރުމަށް ހިންގާ ހަރަކާތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓްތަކުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ބައެއް ރަށްތަކުގައިވެސް ކުރިޔަށް ގެންދާނެކަމަށެވެ. އެ އެޖެންސީ ބުނީ މި ސްކްރީނިންގައި ބައިވެރިކުރާނީ ކޮންމެ ރަށަކުންވެސް 18 އަޖަރުން މަތީގެ މީހުންގެ ތެރެއިން ވަކި އަދަދަކަށް މީހުންކަމަށެވެ. އެމީހުން ހޮވާނީ ގުރުއަތު ނަގައިގެންކަމަށާއި އޭގެތެރޭ ގައި ދިވެހިންނާއި ބިދޭސީން ހިމެނޭނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

މި ޓެސްޓްތައް ކުރުމަށް ހޮވޭ ގެތަކަށް ޓިމުތައް ދާނީ ފެބްރުއަރީ 16 ވަނަދުވަހު ހަވީރު 16:00 އާއި ރޭގަނޑު 21:00 ދެމެދުގައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ޓެސްޓްކުރުމުގެ މަސައްކަތް މާދަމާ ހުޅުމާލޭގެ އެކި ސަރަހައްދުގައި ކުރިޔަށް ދާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ޓެސްޓް ކުރާނީ ލޭ ނަގައިގެން އެންޓިޖަން ޓެސްޓިން ކީޓް ބޭނުންކޮށްގެންކަމަށާއި 10 މިނެޓާއި 15 މިނެޓް ތެރޭ ނަތީޖާ ލިބޭނެކަމަށްވެސް އެ އެޖެންސީ ބުނެއެވެ. 

ޓެސްޓުކުރުމަށްފަހު ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފައިލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ބޭސް ސިއްހީ ހިދުމަތްތެރިންގެ ބެލުމުގެ ދަށުން ދެމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް