ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދާފައިވަނީ ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކުލަބާ ވާދަކޮށްގެންނެވެ. މި މެޗު ކިންގްސްއިން ކާމިޔާބުކޮށްފައިވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 47-48 ޕޮއިންޓުންނެވެ. ނަމަވެސް ކިންގްސްއަށް ޗެމްޕިއަންކަން ލިބެން އޮތީ މި މެޗުގައި 19 ޕޮއިންޓުގެ ތަފާތެއް ހޯދައިގެންނެވެ.
މެޗުގައި ޓީރެކްސްއަށް އެންމެ މޮޅު ކުޅުމެއް ކުޅެދިނީ އަޙްމަދު ފިރާޝެވެ.