ads
ޑޮލަރު ކަޓުވާލި މައްސަލާގައި ހޯދާ މީހުން
މަކާރާއި ހީލަތުން 400 ޑޮލަރު ކަޓުވާލި ބަޔަކު ހޯދަނީ
މަކަރާއި ހީލަތުން ބައެއްގެ އަތުން 400 ޑޮލަރު ކަޓުވާލި ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހޯދަނީ އުމުރުން 61 އަހަރުގެ މއ. ކެދިފަށުވިގޭ ޢަބްދުﷲ މުހައްމަދާއި އުމުރުން 42 އަހަރުގެ މއ. ޑޯރެންސީވިލާ އިސްމާޢީލް ޝިމާމްއެވެ. 

މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައަށް މި 2 މީހުން ހާޒިކުރުން ބޭނުވެގެން ބެލިއިރު، އުޅޭ ވަކި ތަނެއް ނޭގޭތީ މި މީހުންނަށް ޗިޓް ހަވާލުކުރެވިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. އަދި މި ދެ މީހުން ހާޒިރުކުރަނީ މައްސަލާގައި ސުވާލުކުރުމަށްކަމަށެވެ. 

ފުލުހުން ވަނީ މި ދެމީހުން މިމަހުގެ 24 ވަނަދުވަހު މުލީ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އަންގާ އަމުރު ނެރިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް