ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކުލަބުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ފަސޭހަކަމާއެކު 97-52 ޕޮއިންޓުން އެލީޓް ބާސްކެޓްބޯލް ކުލަބު ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަންވެސް މި ފަހަރު ހޯދީ ކުއީންސްއެވެ.
ފައިނަލް މެޗުގައި ކުއީންސްއިން މޮޅު ކުޅުމެއް ދެއްކިއިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ވަނީ 29 ޕޮއިންޓް ހޯދާފައެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ކުއީންސްގެ ރިޝްމާއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލީޓުގެ ކައިލީން ޝިރުހާނެވެ.