ads
ރައީސް ޑރ. މުއިއްޒަށް ގެމަނަފުށިން މަރުހަބާ ދެންނެވުން - ފޮޓޯ: ރައީސް އޮފީސް
ގެމަނަފުށީ ބަނދަރު ބޮޑުކޮށްދޭނަން: ރައީސް
ގއ. ގެމަނަފުށީ ބަނދަރު ބޮޑުކުރުމަށް މަޝްރޫރެއް ކުރިއަށްގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގެމަނަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ގެމަނަފުއްޓަކީ މަސްވެރިކަމުގައި ފާހަގަ ކޮށްލެވޭ ރަށަކަށް ވާއިރު، އެ ސިނާޔަތް ކުރިއަރައި، އާބާދީ އިތުރުވަމުންދިއުމާއެކު ބަނދަރު ބޮޑު ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ އެދުމާއި އެއްގޮތަށް އެ ރަށުގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ހަމަ މިހާ ރީތިކޮށް ފުރިހަމަކޮށް، ދެންވެސް ބޮޑުކޮށް ހެދިގެންދާއިރު އޮންނާނީ، ތިބޭފުޅުން ހިތްހަމަޖެހޭ ފެންވަރުގެ ރަނގަޅު ބަނދަރަކަށް ހަދައިދޭނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެ މަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުނެނެވި އިރު ގެމަނަފުއްޓަށް ވަޑައިގަތް އިރު، އެރަށުގެ ބަނދަރު އޮތީ ވީރާނާ ވެފައި ކަމަށެވެ. އަދި އެއިރު ރައްޔިތުން އެދުނު ގޮތަށް މަސައްކަތް ކޮށްދީ، އެރަށުގެ ބަނދަރު ރައްޔިތުން އެދޭ ފެންވަރުގައި ހެދިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބަޖެޓުގައި ކިތަންމެ ކުޑަ އަދަދެއް ހިމެނިފައި އޮތްކަމުގައި ވިއަސް ގެމަނަފުށީގެ ބިން ހިއްކައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އެ ރަށުގައި މަލްޓި-ޕާޕަސް ހޯލެއް ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގެމަނަފުށީގެ ނަރުދަމާގެ މަސައްކަތް ނިންމައިދީ، މަގު ހެދުމުގެ މަޝްރޫއު ވެސް ވީ އެންމެ އަވަހަކަށް ފެށުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް