ads
ލެބްރަން ޖޭމްސް
އެންބީއޭގައި 40،000 ޕޮއިންޓް ހޯދި ފުރަތަމަ ކުޅުންތެރިއަކީ ލެބްރަން ޖޭމްސް
އެންބީއޭގެ އެންމެ ފުރަތަމަ 40،000 ޕޮއިންޓް ހަމަކުރި ކުޅުންތެރިޔަކަށް ލޮސް އެންޖެލްސް ލޭކާސް އަށް ކުޅެމުން އަންނަ ލެބްރަން ޖޭމްސް ވެއްޖެއެވެ.

އެންބީއޭގެ އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަ، ޖޭމްސް އަށް، 40،000 ޕޮއިންޓް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ލިބުނީ، ހަފްތާ ބަންދުގައި އެލްއޭ ލޭކާސް ކުޅުނު މެޗުގައި 26 ޕޮއިންޓް ސްކޯކޮށްގެންނެވެ.

ހަތަރު ފަހަރަށް އެންބީއޭ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ޖޭމްސް މިހާރު ކުޅެމުން އެ އަންނަނީ އޭނާގެ 21 ވަނަ ސީޒަނެވެ. މި ވަގުތު، އެންބީއޭގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޖޭމްސް އެވެ. އޭނާގެ އުމުރުން 39 އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް